އާދިއްތަ, November 15
ތިލަފުށީގައި ބިދޭސީއަކު ލޮރީއެއްގެ ދަށުގައިވެ ސީރިއަސް އަނިޔާތަކެއް ވެއްޖެ

ކ. ތިލަފުށީގައި ހިނގި އެކްސިޑެންޓެއްގައި ބިދޭސީއަކު ލޮރީއެއްގެ ދަށުގައިވެ ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުން ބުނީ ތިލަފުށީގައި އެކްސްކެވޭޓަރެއް ކައިރީ މަސައްކަތް ކުރަން ހުރި މީހެއްގެ ގައިގައި ލޮރީއަކުން ޖެހި ވެއްޓި، އެ މީހާގެ ގައި މަތިން ލޮރީ ގޮސްފައިވާ މައްސަލަ މިއަދު 14:15 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސްރީލަންކާގެ ފިރިހެނަކަށް ކަމަށާއި، އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި އެ މީހާއަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން މި މައްސަލައާ ގުޅިގެން ލޮރީ ދުއްވި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ލޮރީ ޓޯކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ވިގްނޭޝް އަންނަދުރާއީ (28 އ) އެވެ.

ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު