ތ. މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީއާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތް އާރުޑީސީއާއި ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ނިންމާގޮތަށެވެ.
ތ. މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޙަސަން ރަޝީދުއެވެ. އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ނަޡީމްއެވެ.
މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ހަވާލުކޮށްފައިވަނީ 730 ދުވަސްތެރޭގައި މަސައްކަތް ނިންމާގޮތަށް، 82,938,294.36 (އައްޑިހަ ދެމިލިޔަން ނުވަސަތޭކަ ތިރީސްއަށްހާސް ދުއިސައްތަ ނުވަދިހަ ހަތަރު ރުފިޔާ ތިރީސް ހަލާރި) އަށެވެ.
މި ރަސްމިއްޔާތުގައި ވިލުފުށި ދާއިރާ މެންބަރު ޙަސަން ވަހީދު އަދި އާރުޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަބީޙް އަފީފުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ލިޔުން ކިޔާލުމުން