ޤާނޫނު ނަންބަރު2023/7 (ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.
މިއީ ދިވެހިރާއްޖެއަށް ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަގުސަދުގައި އުފައްދަވައިފައިވާ ކުންފުންޏެކެވެ.
މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެކެވެ.
މި ކުންފުނިން ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމު ވަރުގަދަކޮށް، ޤައުމީ ޞިއްޙީ ނިޒާމުގެ ތެރޭގައި ސަރުކާރުން ހިންގާ ހޮސްޕިޓަލުތަކާއި ޞިއްޙީ މަރުކަޒުތަކުގައި ބޭނުންކުރާ މެޑިކަލް އިކުއިޕްމަންޓާއި އެ އިކުއިޕްމަންޓާ ގުޅޭ ކޮންޒިއުމަބަލްސް ފޯރުކޮށްދިނުމާއި، އެ ތަކެތީގެ މެންޓެއިނެންސްގެ ކަންކަން ބެލެހެއްޓުމާއި، ތަމްރީނު ދިނުމާއި، ދިވެހިރާއްޖެއަށް ބޭނުންވާ އެކިއެކި ޑޮކްޓަރީ ބޭހާއި، ކޮންޒިއުމަބަލްސްއާއި އިކުއިޕްމަންޓްތަކާ ގުޅޭ ތަފާސްހިސާބުތައް ބަލަހައްޓައި، ޤައުމީ ފެންވަރުގައި އެފަދަ ތަކެތި ދިވެހިރާއްޖެއަށް ބޭނުންވާ މިންވަރު ވަޒަންކޮށް ދެނެގަތުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖެއަށް އެތެރެކުރާ ބޭސް ރައްކައުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި ވަސީލަތްތައް ގާއިމުކުރާނެއެވެ.
މިހާރު ސަރުކާރުން ބޭސް ގެންނަނީ އެސްޓީއޯ މެދުވެރިކޮށެވެ.
މި ލިޔުން ކިޔާލުމުން