Saturday, October 31
ކައުންސިލްތަކުގެ ޚިދުމަތްތައް ވަންގަވް މެދުވެރިކޮށް ފޯރުކޮށްދިނުމާ ބެހޭގޮތުން މަޝްވަރާކޮށްފި
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަނާ ބައްދަލުކުރައްވައިފިއެވެ. މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި"މޯލްޑިވްސް 2.0" އިނިޝިއޭޓިވްގެ ދަށުން ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް "ވަންގަވް" މެދުވެރިކޮށް ފޯރުކޮށްދިނުމާ ބެހޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ. ދިވެހިރާއްޖޭގެ އިދާރީ ހިންގުން އެއް ވިއުގައަކުން ޑިޖިޓަލައިޒްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރެކެވެ. "މޯލްޑިވްސް 2.0"އަކީ މުޅި ދިވެހިރާއްޖެ ޑިޖިޓަލައިޒްކުރުމަށް ޓަކައި ކުރެވޭ ޚާއްޞަ މަސައްކަތްތަކެވެ. މި ކަމުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ނިޒާމު އެއްކޮށް ބަދަލުވެ، ވަކިވަކިފަރުދުންނަށް ބޭނުންކުރެވޭ ރައްކާތެރި ނިޒާމެއް ޤާއިމްކުރެވިގެން ދާނެ ކަމަށް ސިޓީސް މިނިސްޓްރީން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު