Saturday, October 31
އައިލެންޑް އޭވިއޭޝަންގެ އާ އޮފީސް އިމާރާތުގެ ބިންގާ އަޅައިފި
ޤައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސްއެލް)ގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ. އެކުންފުނީގެ ތާރީޚުގައި މުހިންމު މަރުހަލާއެއް ފަށައިގަތުމުގެ ގޮތުން އިއްޔެ ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ. އައު އޮފީސް އިމާރާތް އަޅަނީ ކުރިންވެސް އައިލެންޑް އޭވިއޭޝަނުގެ ހެޑް އޮފީސް ހިންގި، މާފަންނު ކޮޅު މަޖީދީމަގާއި ބޮޑުތަކުރުފާނު ގުޅޭ ކަންމަތިގައި އޮންނަ އެކުންފުނީގެ ބިމެއްކަމުގައިވާ ރާވެރިގެ ޕްލޮޓުގައެވެ. އައު އޮފީސް އިމާރާތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް ރަސްމިއްޔާތުގައި އެކުންފުނީގެ ބޯޑު މެމްބަރުންނާއި، މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ. އައިލެންޑް އޭވިއޭޝަންގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނާއި، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބާއި، މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދާއި، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިލްޔާސްއާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް އަދި ކުންފުނީގެ ބޯޑު މެމްބަރުންނެވެ. މި އިމާރާތުގައި ބޭސްމެންޓް ހިމެނޭހެން ޖުމްލަ 12 ފަންގިފިލާއެއް ހުންނާނެއެވެ. އަދި އިމާރާތުގެ ބޭސްމެންޓް ޚާއްސަކުރެވިފައިވަނީ މުވައްޒަފުންގެ ޕާކިންގއަށް ކަމަށާއި، ފުރަތަމަ ފަންގިފިލާގައި ޓިކެޓް އޮފީހެއް ޤާއިމްކުރެވިގެންދާނެކަމަށް އައިލެންޑް އޭވިއޭޝަނުން މައުލޫމާތުދެއްވައެވެ. ޒަމާނީ ފެންވަރުގެ ވަސީލަތްތައް ޤާއިމްކުރެވި ޖާގައިގެ ގޮތުން ތަނަވަސް އިމާރާތަކަށް މި އިމާރާތް ވެގެންދާނެކަމަށާއި، އަމާޒަކީ މިއަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން މި އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމާލުންކަމަށް އެކުންފުނިން ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު