Saturday, October 31
މިހާތަނަށް ސޮއިކުރެވުނު ފުލެޓު އެއްބަސްވުންތަކުގެ އަދަދު 3،000 އިން މައްޗަށް
ގެދޮރުވެރިޔާ މަޝްރޫޢުގެ ދަށުން މިހާތަނަށް 3،000 އަށް ވުރެ ގިނަ ފުލެޓު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ. މިގޮތުން އެފްޑީސީން ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެ ކޯޕަރޭޝަނުން ތަރައްޤީކުރި 4،000 ސޯޝަލް ހައުސިންގ ޔުނިޓު މަޝްރޫޢުގެ 3،000 އަށް ވުރެ ގިނަ އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވާ ކަމަށާއި، މިއީ އެ ކޯޕަރޭޝަނަށް ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. އެފްޑީސީން ހާމަކުރި ގޮތުގައި މިހާތަނަށް 3،032 އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މިހާތަނަށް ތާވަލުކުރެވިފައިވަނީ 3،088 އެއްބަސްވުމެކެވެ. އެފްޑީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ވީއެންމެ އަވަސް މުުއްދަތެއްގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވުނު ފަރާތްތަކާ ޔުނިޓުތައް ހަވާލުކުރުން ކަމަށެވެ. މި ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފެށީ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު