Saturday, October 31
ވަޒީރު ޑރ. ހައިދަރު "ސޯޝަލް ޑައިލޮގް ކޮންފެރެންސް 2025" ޝަރަފުވެރިކޮށްދެއްވައިފި

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙްމަދު، "ސޯޝަލް ޑައިލޮގް ކޮންފެރެންސް 2025" ގެ ނަމުގައި ބޭއްވި ބައިނަލްްްއަޤްވާމީ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ވަޒީރު، ޑރ. ޢަލީ ހައިދަރު އަޙްމަދު މި ކޮންފެރެންސް ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އަމާޒަކީ ވަޒީފާގެ ބާޒާރުގައި މަސައްކަތްކުރަމުންދާ ހުރިހާ ފަރާތަކަށް ރާއްކާތެރި ވަޒީފާގެ މާހަޢުލެއް ބިނާކުރުމާއި، ވަޒީފާގެ މައިދާނުގައި ދިމާވާ މައްސަލަތަކަށް ސުލްޙަވެރިކަމާއެކު ހައްލުހޯދުމާއި، ދިވެހި ޒުވާނުންގެ ހުނަރުވެރިކަން އިތުރުކުރުމުގެ މަގުފަހިކޮށްދިނުމާއެކު ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތަށް ފަހިކޮށްދިނުން ކަމުގައެވެ.

މީގެ އިތުރުން، އެމަނިކުފާނު ވަނީ ކޮންފެރެންސްގައި ބައިވެރިވި ހުރިހާ ފަރާތްތަކާއި މުޙާތަބްކުރައްވައި،އަމިއްލަ މުވައްސަސާ ނުވަތަ އިދާރާގެ ކުރިއެރުމާއި މަންފާ ހޯދުމަށް މަސައްކަތްކުރުމުގެ އިތުރުން އިޖުތިމާއި ގުޅުން ބަދަހިކުރުމާއި، ވިޔަފާރިތަކަށް ކުރިއެރުން ހޯދައިދިނުމާއި، އާންމު މުޖުތަމައުއަށް ބޭނުންވާ ރައްކާތެރިކަން ހޯދައިދިނުން ފަދަ ޤައުމީ ޒިންމާތައް އަދާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އިސްކަންދިނުމަށް އިލްތިމާސް ކުރައްވައިފައެވެ.

އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ) ބައިވެރިވާ، "ސޯޝަލް ޑައިލޮގް ކޮންފެރެންސް 2025" އަކީ އިންޑަސްޓްރިއަލް ރިލޭޝަންސް އެކްޓްގެ 10 ވަނަ ބާބުގެ ދަށުން ކުރިއަށްގެންދެވޭ ފުރުތަމަ ކޮންފެރެންސެވެ. މި ކޮންފެރެންސްގައި، ދުނިޔޭގެ އެކި ސަރުކާރުތަކާއި، މުވައްޒަފުންނާއި މަސައްކަތްތެރިން ވަނީ ބައިވެރިވެ، ރައްކާތެރި މަސައްކަތުގެ މާހަޢުލެއް ބިނާކުުރުންފަދަ މަސައްކަތްތެރިންގެ ޙައްޤުތައް ހިމާޔަތްކުރުމާއި ގުޅޭ މުހިންމު މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު