ރާއްޖޭގައި އެކުއަކަލްޗަރ ކުރިއެރުވުމަށް ޗައިނާގެ ކުންފުންޏަކާއިއެކު އެމްއޯޔޫ އެއްގައި ސޮއިކޮށްފިއެވެ.
މި އެމްއޯޔޫގައި ސޮއިކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓާއި، ޗައިނާ ޕީޕަލްސް ރިޕަބްލިކްގެ ފުޖިއަން ފިޝަރީޒް ރިސަރޗް އިންސްޓިޓިއުޓާއި ދެމެދުއެވެ. މި އެއްބަސްވުމުގައި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޝިމާލްއެވެ.
Minister @Shiyamaldives witnessed the signing of Memorandum of Understanding between the Maldives Marine Research Institute and the Fujian Fisheries Research Institute of the People’s Republic of China.
This MoU aims to strengthen strategic cooperation between two countries,… pic.twitter.com/jXSlDzcjCk
— Ministry of Fisheries and Ocean Resources (@MFORmv) September 8, 2025
މި އެއްބަސްވުމުގައި މައިގަނޑު މަޤްޞަދަކީ އެކުއަކަލްޗަރ ދާއިރާ ކުރިއެރުވުމާ ގުޅޭ ދިރާސާތައް ކުރިއަށްގެންގޮސް، ރާއްޖެއަށް މި ދާއިރާއިން ޒަމާނީ ޓެކްނޮލޮޖީ ތަޢާރަފުކުރުމެވެ. އަދި ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތަކަށް މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތްތައް ހޯދުމަށްވެސް މަސައްކަތްތައް ކުރެވޭނެ ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މި ފަހުމުނާމާއަކީ ތިމާވެށި ރައްކާތެރިކުރުމަށް ދިވެހިރާއްޖެ އާއި ޗައިނާއިން ދޭ ޚާއްޞަ ސަމާލުކަން ހާމަކޮށްދޭ މުހިންމު ފިޔަވަޅެއް ކަމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި އެކުއަކަލްޗަރ ދާއިރާ ތަރައްޤީކުރުމަށް އެޅޭ މިއީ އިތުރު ހަރުދަނާ ފިޔަވަޅެއްކަމަށްވެސް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމްވެސް ބައިވރެިވަޑައިގެންނެވިއެވެ.
މި ލިޔުން ކިޔާލުމުން