Monday, November 9
ސްކޫލް ބޮޑު ޗުއްޓީގައި މެލޭޝިއާ އަދި ބެންކޮކަށް މޯލްޑިއަންގެ ހާއްސަ ފްލައިޓްތަކެއް
މިއަހަރުގެ ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަނުން މެލޭޝިއާ އަދި ބެންކޮކަށް ޚާއްޞަ ދަތުރުތަކެއް ކުރުމަށް ނިންމައިފިއެވެ. ޤައުމީ އެއަރލައިން މޯލްޑިވިއަނުން ވަނީ މެލޭޝިއާގެ ކުއަލަލަންޕޫރު އަދި ތައިލޭންޑުގެ ބެންކޮކަށް މިއަހަރުގެ ޑިސެމްބަރުމަހު އަދި ކުރިއަށް އޮތް ޖަނަވަރީ މަހު ބާއްވާ ޚާއްސަ ދަތުރުތަކަށް ޓިކެޓު ބުކް ކުރުމަށް މިހާރު ފުރުޞަތު ހުޅުވާލާފައެވެ. މި މުއްދަތުގައި މެލޭޝިއާއަށް ދެކޮޅު ޓިކެޓު 355 ޑޮލަރަށް އަދި ބެންކޮކަށް 399 ޑޮލަރަށެވެ. މެލޭޝިއާއަށް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ 21 ޑިސެމްބަރުން ޖަނައަރީ 11އަށް، ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުއެވެ. އަދި ބެންކޮކަށް ދަތުރުތައް ބޭއްވުމަށް ހަމެހިފައިވަނީ ޑިސެމްބަރު 23 އިން ޖަނަވަރީ 13އަށް ކޮންމެ ހަފްތާއެއްގެ އަންގާރަދުވަހުއެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު