Saturday, October 31
ފަސް ގަޑިއިރަށް މާދަމާ ބްރިޖް ބަންދުކުރަނީ

 ފަސް ގަޑިއިރަށް މާދަމާ ސިނަމާލެ ބުރިޖުގެ އެއް ފަޅި ބަންދުކުރާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން  ބުނެފިއެވެ.

އެމްއޭސީއެލްއިން ބުނީ، މާދަމާ ހަވީރު 16:00އިން 21:00ގެ ނިޔަލަށް ބަންދުވާނީ ބުރިޖުގެ އުތުރު ފަޅި ކަމަށެވެ.

އެގޮތުން، ބަންދު ކުރާ ވަގުތުތަކުގައި އެފަޅި ބޭނުންކުރެވޭނީ އިމަޖެންސީ ވެހިކަލްތަކަށް އެކަނި ކަމަށާއި ބުރިޖުގެ ދެކުނު ފަރާތުން، އެ ވަގުތުތަކުގައި އާންމު އުޅަނދުތަކަށް ދެކޮޅަށް ދުއްވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ބްރިޖްބަންދުކުރަނީ

ހައިވޭގެ އެއް ފަރާތް ބަންދު ކުރަނީ އެއާޕޯޓުގައި ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ހަރަކާތެއް ބޭއްވުމަށެވެ.

އެ ހަރަކާތުގެ މަގުސަދަކީ ކުއްލި ހާލަތެއް ދިމާވާއިރު، އެއާޕޯޓުގެ އެމަޖެންސީ ޚިދުމަތްތައް ތައްޔާރުތޯ ބެލުމާއި މާލެ ސަރަހައްދުގައި ހޮސްޕިޓަލްތައް ތައްޔާރުތޯ ބެލުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. މުކި - 2025-09-08T01:33:27

    ތި ހުރިހާ ކަމަކަށް ދެން މިހާރު ތިބޭނީ ތައްޔާރަކަށް ނޫން... ނުބުނެ ތިކަން ކޮށްލި ނަމަ ދޯ...