Saturday, October 31
ފަރުމަހުގެ މަސްވެރިކަން މޮނިޓަރ ކުރުމުގެ ސާވޭތަކެއް މުލީގައި ފަށައިފި

ފަރުމަހުގެ މަސްވެރިކަން މޮނިޓާކުރުމުގެ ސާވޭތަކެއް މ.އަތޮޅު މުލީގައި ފަށައިފިއެވެ.

ޓްރާންސްފޯމް މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ފަރުމަހުގެ މަސްވެރިކަން މޮނިޓާ ކުރުމުގެ ސާވޭ އަކީ މޯލްޑިވްސް މެރިން ރިސާޗް ސެންޓަރުގެ ސައިންސް އަދި ދިރާސާ ޓީމުން މިއަހަރު ކުރިއަށްގެންދާ 6 ވަނަ ސަވޭ އެވެ.

މި ސާވޭތަކުން ލިބޭ މައުލޫމާތާއި ހޯދުންތަކުން ރަށު ފެންވަރުގެ މަސްވެރިކަމާއި އޭގެ ސަބަބުން ފަރުމަހުގެ އަބާދީއަށް ކުރާ އަސަރުތައް އިތުރަށް ދެނެގަތުމަށް މަގުފަހިވެގެންދާނެ އެވެ. އަދި ހެކިތަކުގެ މައްޗަށް ބިނާކޮށް މަސްވެރިކަން މެނޭޖްކުރުން ހަރުދަނާވެގެންދާނެ އެވެ.

މި ސާވޭ ކުރިއަށް ގެންދިއުމުގައި މ.މުލި ކައުންސިލާއި ރަށުގެ މަސްވެރިންނާއި މަސް ޕްރޮސެސްކުރާ ފަރާތްތަކާއި މަސް ގަންނަ ފަރާތްތަކުން ވެދެއްވި އެހީތެރިކަން ފާހަގަކޮށްލެވޭ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެއިތުރަށް ފަރުމަހާއި މިޔަރާ މަޑީގެ އާބާދީ ދެނެގަތުމަށް މާލެ އަތޮޅުގައިވެސް ސާވޭ އެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު