2026 ވަނަ އަހަރުން ފެށިގެން ކައުންސިލްގެ ބަޖެޓުން، އ.ތ.މ ކޮމެޓީތަކަށް ދެމުން އަންނަ ބަޖެޓް ދެގުނަ ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި، 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅުމުގެ ކުރިން މުހިންމު ދެ ބަދަލެއް ގެންނެވުމަށް ރައީސުލްޖްމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައެވެ.
އެމަނިކުފާނުގެ ރަސްމީ އެކްސް އެކުންޓުގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2026 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅުމުގެ ކުރިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި ކައުންސިލްގެ ބަޖެޓުން މިހާރު ދެމުންގެންދާ 5 އިންސައްތަ ދެގުނަކުރައްވައި، 10 އިންސައްތައަށް ބޮޑުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
ދެން ގެނަންވަން ނިންމެވި ބަދަލަކީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނަށް ދޭ ރަމަޟާން މަހުގެ އެލަވަންސް، އެ ކޮމެޓީގެ ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓްގެ ތެރެއިން ދެއްވާގޮތަށް ހަމަޖެއްސެވުމެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެމްބަރުންނަށް ރަމަޟާން މަހުގެ އެލަވަންސް ދެއްވުމަށް ނިންމަވައި، މިދިޔަ އަހަރުން ފެށިގެން އެ އެލަވަންސް ދެއްވަން ފައްޓަވާފައެވެ.
މި ލިޔުން ކިޔާލުމުން