Saturday, October 31
މިހާތަނަށް 2،900 އަށްވުރެ ގިނަ ފުލެޓު އެއްބަސްވުމުގައި ސޮއިކޮށްފި
ގެދޮރުވެރިޔާ މަޝްރޫޢުގެ ދަށުން މިހާތަނަށް 2،900 އަށް ވުރެ ގިނަ ފުލެޓު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ. މިގޮތުން އެފްޑީސީން މިއަދު ހާމަކުރި ގޮތުގައި މިހާތަނަށް 2،955 އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މިހާތަނަށް ތާވަލުކުރެވިފައިވަނީ 3،070 އެއްބަސްވުމެކެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެފްޑީސީން ތަރައްޤީކުރި 4000 ސޯޝަލް ހައުސިންގ ޔުނިޓު މަޝްރޫއުގެ 2،000 އަށް ވުރެ ގިނަ އެއްބަސްވުމުގައި 24 ދުވަހުގެ ތެރޭގައި ސޮއިކުރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ. އެފްޑީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ވީއެންމެ އަވަސް މުުއްދަތެއްގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވުނު ފަރާތްތަކާ ޔުނިޓުތައް ހަވާލުކުރުން ކަމަށެވެ. މި ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފެށީ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު