އާދިއްތަ, November 15
ހައިވޭ މަތިން ޕިކަޕެއް ފުރޮޅާލައިގެން އެކްސިޑެންޓެއް ހިނގައިފި

ސިނަމާލެ ބުރިޖު ހައިވޭގައި ޕިކަޕެއް ފުރޮޅާލައިގެން އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ ހައިވޭއިން ދަތުރުކުރި ޕިކަޕެއްގެ ފުރޮޅު ފަޅައިގެން ގޮސް ޑިވައިޑާގައި ޖެހި، ޕިކަޕް ފުރޮޅާލައި އެކްސިޑެންޓްވެފައިވާ މައްސަލަ މިއަދު 12:40 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވި ނަމަވެސް، ޕިކަޕަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އަދި އެކްސިޑެންޓުގައި ޕިކަޕް ކާރެއްގައި ޖެހިފައިވާ ކަމަށާއި، ކާރަށް ބޮޑު ގެއްލުމެއް ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ހާދިސާގައި ހިމެނޭ ޕިކަޕް ސްޕީޑް ލިމިޓަށްވުރެ ބާރަށް ދުއްވާފައިވާތީ ފިޔަވަޅު އަޅާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު