Saturday, October 31
ރ އަތޮޅުގެ ސާރޖިކަލް ކޭމްޕް މާދަމާ ފަށާނެ

އޮޕަރޭޝަނަށް ޚާއްސަ ޑޮކްޓަރުން ހިމެނޭހެން "އޮޕަރޭޝަން ޑޮކްޓަރުންގެ ކޭމްޕެއް" އުގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފަށަން ތައްޔާރުވެއްޖެއެވެ.

މިހާތަނަށް މިކޭމްޕް ލ.އަތޮޅާއި، ކުޅުދުއްށީ ރީޖަނަލް ހޮސްޕިޓަލްގައި ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.
ޑޮކްޓަރުންގެ މިޓީމުގައި ސިކުނޑިއާއި ނާރުގެ ބަލިތަކާއި، ގޮހޮރު، ކެންސަރު، ކުޑަކަމުދާ ނިޒާމު، ޕްލާސްޓިކް އަދި ރީކޮންސްޓްރަކްޝަން، އާއްމު އަދި ލެޕްރޮސްކޮޕިކް، ހޭނެއްތުމާ، ނުފިލާ ހުންނަ ތަދުތަކަށް ފަރުވާދިނުމުގެ ޚާއްސަ ޑޮކްޓަރުން ހިމެނެއެވެ.


މިކޭމްޕްގައި އޮޕަރޭޝަންތަކުގެ އިތުރުން އޯޕީޑީގެ ޚިދުމަތްވެސް ދޭނެއެވެ. އަދި ބަލިމީހުން ބެލުމަށްފަހު ޑޮކްޓަރުން ނިންމާ ގޮތަށް، ހުކުރު، ހޮނިހިރު، އާދިއްތަ އަދި ހޯމަ ދުވަހު އެކިއެކި ސަރޖަރީތައް ކުރިއަށްގެންދާނެއެވެ. މިކޭމްގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރުންނާ ސިއްޙީ ޚިދުމަތް ދޭ މުވައްޒަފުންނަށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޓީމާއެކު މިއޮޕަރޭޝަންތައް، ތަޖުރިބާކުރުމުގެ ފުރުޞަތާއި ތަމްރީންތައް ދޭނެއެވެ.

މިހާތަނަށް މި ކޭމްޕް ހިންގި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ލ.އަތޮޅުންވެސް ބޮޑު ތަރުހީބެއްވަނީ ލިބިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު