Saturday, October 31
ނަފްސާނީ އެހީ ބޭނުންވާ ފަރާތްތަކަށް ދުޅަހެޔޮކަމުގެ ޕްރޮގްރާމްތައް ހިނގަނީ

ނަފްސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް ކަސްރަތުގެ ތެރެއިން ދުޅަހެޔޮކަން ކުރިއެރުވުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައްކޮށްފައިވަނީ މިނިސްޓްރީ އޮފް ހެލްތާއި ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓްގެ އިސްވެރިންނާއި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ އިސް ވެރިންނާއިއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

އެގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ނަފްސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް، މަރުކަޒުންނާއި އަދި މުޖުތަމައުއިން ކުޅިވަރާއި ކަސްރަތުގެ ތެރެއިން ދުޅަހެޔޮކަން ކުރިއެރުވުމާއިއެކު ދެމެހެއްޓެނިވި ފަހި ފުރުސަތުތަކެއް އެ ފަރާތްތަކަށް ޚާއްސަކޮށް ތަޢާރަފްކުރުމާއިގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ހރލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު