އާދިއްތަ, November 15
މާދަމާވެސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ: އިމިގްރޭޝަން

މާދަމާއަކީ ސަރުކާރު ބަންދު ދުވަހަކަށް ވީނަމަވެސް، މާލެ ސަރަހައްދުގެ އިމިގްރޭޝަން އޮފީސްތަކުން ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

މާދަމާއަކީ ކީރިތި ރަސޫލާގެ ޢީދު މީލާދީ ދުވަސް ކަމަށްވުމާއެކު ސަރުކާރު ބަންދު ދުވަހެކެވެ.

އެހެންނަމަވެސް އިމިގްރޭޝަނުން ބުނީ އިމުގަ ޕޯޓަލް މެދުވެރިކޮށް ފާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު 24 ގަޑި އިރު އާންމު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ. އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅުމާއި 65 އަހަރުން މަތީގެ ފަރާތްތަކަށް އަދި އެމަޖެންސީ ހާލަތްތަކުގައިވެސް ހެނދުނު 08:30 އިން 14:00އަށް ޚިދުމަތް ލިބިގެންދާނެއެވެ.

މީގެ އިތުރުން ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން 14:00އަށް ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.

އަދި މާލެ ސަރަހައްދުގައި ހިމެނޭ އިމިގްރޭޝަން އޮފީސްތަކުން ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ އިމިގްރޭޝަނަށް ހާޒިރުވެ ނަންބަރު ނެގޭނެއެވެ.

މީގެ އިތުރުން، މެޑިކަލް އެމަރޖެންސީ ހާލަތްތަކުގައި ގުޅާނީ 9555333 އަށް ކަމަށްވެސް އިމިގްރޭޝަނުން ހާމަކުރެއެވެ.

މި ދުވަސްތަކުގައި ޚިދުމަތްތައް ލިބޭނީ މާލެއާއި ހުޅުމާލޭގައި ހުންނަ އިމިގްރޭޝަންގެ އޮފީސްތަކުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު