Saturday, October 31
އިތުރު ފަސް އަތޮޅެއްގައި އާރުޓީއެލް ފެރީގެ ޚިދުމަތް ޤާއިމްކުރުމަށް ދިރާސާކުރަނީ
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް (ޖައިކާ) ގެ ކޮންސަލްޓަންޓުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ވަނީ އާރު.ޓީ.އެލް މަޝްރޫޢުގެ ދަށުން ޒޯން 4 ގައި ހިމެނޭ މ. އަތޮޅާއި، ފ. އަތޮޅާއި، ދ. އަތޮޅާއި، ތ. އަދި ލ. އަތޮޅުގައި ދަތުރުފަތުރުގެ ނިޒާމު ގާއިމު ކުރުމަށް އެހީތެރިކަން ދިނުމުގެ ގޮތުން ކުރަން ހަމަޖެހިފައިވާ ދިރާސާތައް ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. މިބައްދަލުވުމުގައި ޖައިކާގެ ފަރާތުން މިހިނގާ ސެޕްޓެންބަރު އަދި އޮކްޓޫބަރު މަހު ކުރުމަށް ހަމަޖެހިފައިވާ ބޭސްލައިން ސާރވޭއާބެހޭ މައުލޫމާތާއި، އެ ސާރވޭތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޓައިމްލައިން ޖައިކާއިން ވަނީ އެ ވުޒާރާއާ ހިއްސާކޮށްފައެވެ. އެ ވުޒާރާއާއި އެމްޓީސީސީ ގުޅިގެން ރާއްޖޭގެ 11 އަތޮޅެއްގައި މިހާރުވެސް އާރުޓީއެލްގެ ޚިދުމަތް ވަނީ ޤާއިމްކޮށްފައެވެ. ޒޯން 4 ގެ މި ފަސް އަތޮޅުގައި އާރުޓީއެލް ޚިދުމަތް ޤާއިމްކުރެވުމާއެކު، މި ޚިދުމަތް ޤާއިމް ނުކުރެވި އޮންނާނީ އެންމެ ހަތަރު އަތޮޅެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު