Saturday, October 31
މާލީ ވުޒާރާގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސްގެ ކޮންސެޕްޓް ތައްޔާރުކޮށް މެނޭޖްކޮށްދޭނެ ބަޔަކު ހޯދަނީ

ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރަންސްގެ ކޮންސެޕްޓް ތައްޔާރުކޮށް އިވެންޓް ބާއްވާ މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިކަމާ ގުޅެ މަޢުލޫމާތު ސެޝަން އޮންނާނީ ސެޕްޓެންބަރު 8 ވަނަ ދުވަހުގެ 13:30 ގައި ކަމަށާއި، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ސެޕްޓެންބަރު 11 ވަނަ ދުވަހުގެ 13:30 ގައި ކަމަށެވެ.

އެހެންކަމުން މި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ގަޑިތަކަށް އެ ވުޒާރާއަށް ވަޑައިގެން މަޢުލޫމާތު ހޯދެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އިޢުލާނުގައި އެދިފައިވެއެވެ.

އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު