އާދިއްތަ, November 15
ދިވެހި ލިޔެކިޔުންތަކުގެ ރިފެރެންސިންގ ގެންގުޅެންޖެހޭ ހަމަތައް ދަސްކޮށްދޭ ވޯކްޝޮޕެއް ބާއްވަނީ

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް) ގެ ފަރާތުން ކޮންމެ އަހަރުވެސް ބާއްވާ އިންޓަރނޭޝަނަލް ކޮންފެރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްޑްމަންޓްސް 2025 (އައި.ސީ.އައި.އޭ)ގެ ދަށުން "ދިވެހި ރިފެރެންސިންގ"ގެ ނަމުގައި ވޯކްޝޮޕެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

ފޭސް-ޓު-ފޭސް އަދި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ މި ވޯކްޝޮޕަކީ ދިވެހި ބަހުން ލިޔާ ލިޔެކިޔުންތަކުގެ ރިފެރެންސިންގްގައި ގެންގުޅެން ޖެހޭ ހަމަތަކާއި ގުޅޭގޮތުން މަޢުލޫމާތި ޙިއްސާކުރުމަށް ބޭއްވޭ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގައި ފެސިލިޓޭޓަރުންގެ ގޮތުގައި އަޒީޒާ އަފީފް އަދި ޑރ. އައިމިނަތު ރިޔާޒް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ސެޕްޓެންބަރު 19 ވާ ހުކުރު ދުވަހުގެ 14:00-16:00 ކަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ވަނީ 14 ސެޕްޓެމްބަރ 2025 ގެ 12:00 ގެ ނިޔަލަށް ހުޅުވާލެވިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު