Saturday, October 31
ބީއެމްއެލް މާސްޓަރކާޑު ކަސްޓަމަރުންނަށް އޮސްޓްރޭލިއަން އޯޕަން ފައިނަލް ބަލާލަން ދިއުމުގެ ފުރުސަތު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އޮސްޓްރޭލިއާގެ މެލްބަން ގައި އަންނަ އަހަރު ޖަނަވަރީ މަހު ފެށުމަށް ހަމަޖެހިފައިވާ އޮސްޓްރޭލިއަން އޯޕަން ފައިނަލް ބަލާލަން ދަތުރެއް ކާމިޔާބު ކުރުމުގެ ފުރުސަތު މާސްޓަރކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހުޅުވާލައިފިއެވެ.

ބީއެމްއެލް އިން ބުނީ މިއަދުން ފެށިގެން އޮކްޓޫބަރު 31 އަށް، ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތަކުގައި ބީއެމްއެލް އިން ދޫކޮށްފައިވާ މާސްޓަރކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ގުރުއަތުގައި ބައިވެރި ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ބޭންކުން ބުނީ ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް އިތުރު އެކަކާއެކު ހަތަރު ދުވަހުގެ ދަތުރެއް ލިބޭނެ ކަމަށާއި، މީގެ ތެރޭގައި ދެ މީހުންގެ ދަތުރު ޓިކެޓް، ހުރުމާއި، ކެއުމާއި، އަދި ފައިނަލް މެޗުތަކުގެ ޓިކެޓް ހިމެނޭނެ ކަމަށެވެ.

މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ބައިނަލްއަޤްވާމީ މިފަދަ ތަޖުރިބާތައް ހޯދައިދިނުމުގެ ގޮތުން ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ދަށުން ތައާރަފްކުރި ޕްރޮމޯޝަނެއް ކަމަށް ބޭންކުން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު