ފ. ނިލަންދޫގައި ސަރުކާރުން ޢިމާރާތްކުރާ މިސްކިތުގެ 65 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން މިއަދު ބުނީ އެ ވުޒާރާގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަންގެ ވަފުދު ފ. ނިލަންދޫގައި ސަރުކާރުން ޢިމާރާތްކުރާ މިސްކިތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލާފައިވާ ކަމަށާއި، އެ މިސްކިތުގެ %65 ނިމިފައިވާ ކަމަށެވެ.
މި ވުޒާރާގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަންގެ ވަފުދު ފ. ނިލަންދޫގައި ސަރުކާރުން ޢިމާރާތްކުރާ މިސްކިތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުން. މި މިސްކިތުގެ 65% ވަނީ ނިމިފައި. މިއީ 500 މީހުންގެ ޖާގައިގެ މިސްކިތެއް. މިސްކިތް ނިމޭނެކަމަށް ލަފާކުރެވެނީ ފެބްރުއަރީ 2026 ގައި. pic.twitter.com/WRO553moDU
— Ministry of Islamic Affairs (@MVIaffairs) September 1, 2025
މިއީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ ވުޒާރާއިން ބުނީ މިސްކިތް ނިމޭނެކަމަށް ލަފާކުރެވެނީ ފެބުރުވަރީ 2026 ގައި ކަމަށެވެ.
ރާއްޖޭގެ ތާރީޚުގައި އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ މިސްކިތް އިމާރާތްކުރެވިގެންދާނީ މި ހިނގާ 2025 ވަނަ އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މިސްކިތްތަކުގެ އިތުރުން، އިސްލާމްދީނުގެ ދާއިރާއިން އެހެނިހެން މަޝްރޫޢުތައް ހިންގުމަށް 20 ރަށެއް ވަނީ ކަނޑައަޅާފައެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި އިސްލާމިކް ސެންޓަރުތައް އެޅުންވެސް ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން