Monday, November 9
އޮގަސްޓް މަހުގެ ނިޔަލަށް 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރީންގެ އަދަދު 1.48 އިން މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި މިދިޔަ މަހުގެ 30ގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,482,668 ފަތުރުވެރިން އައިސްފައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި ކޮންމެ ދުވަހު އެވްރެޖުކޮށް 4000 އާއި 5000 އާ ދެމެދުގެ ފަތުރުވެރިން ރާއްޖެއަށް އާދެއެވެ. އޮގަސްޓް މަހު ރާއްޖެއަށް 192،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.

އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމުތައް:

  • ޗައިނާ: 235،245 ފަތުރުވެރިން
  • ރަޝިއާ: 177،581 ފަތުރުވެރިން
  • އިނގިރޭސިވިލާތް: 134،114 ފަތުރުވެރިން
  • އިޓަލީވިލާތް: 106،230 ފަތުރުވެރިން
  • ޖަރުމަނުވިލާތް: 102،496 ފަތުރުވެރިން

 

މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ 52 އަހަރުގެ ދިގު ތާރީހުގައި މީގެ ކުރިން އަހަރު ދުވަހުގެ ތެރޭގައި ދެ މިލިއަން ފަތުރުވެރިން އައި ފުރަތަމަ އަހަރެވެ. ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު