Thursday, October 15
މާލޭގެ ވަށައިގެން ލާފައިވާ ތޮށިގަނޑު ސާފުކުރުމުގެ މަސައްކަތް ފަށައިފި

މާލެ ސިޓީ ސާފު އަދި ހިތްފަސޭހަ ސިޓީއަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، މާލެ ވަށައިގެން ލާފައިވާ ތޮށިގަނޑު ސާފުކޮށް ކުލަލައި ރީތި ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ މާލެ ސިޓީ ކައުންސިލުން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި ކަމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެއަކީ ރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމަށްވެފައި، ގިނަ ބަޔަކު ޒިޔާރަތްކުރާ ތަނަކަށްވާތީ، މާލެ ރީތިކޮށް ބޭއްވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި މާލެ ވަށައިގެން ލެވިފައިވާ ތޮށިގަނޑާއި ބޭރު މަގުގެ ފާރުތަކުގައި، ހިތުހުރި އެއްޗެއް ލިޔެ، ތަތްކޮށް، އަދި ކުރަހައި ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް، މޭޔަރ ފާހަގަކުރެއްވިއެވެ.

މާލެ ވަށައިގެން އޮތް ބޮޑުތަކުރުފާނު މަގަކީ، ހިތްހަމަ ޖައްސައިލުމަށް ކުޑަކުދިން ގޮވައިގެން، ވަރަށް ގިނަ މީހުން ދުއްވާ މަގަކަށް ވާއިރު، މި މަގުގެ ބައެއް ފާރު ތަކާއި، ވަށައިގެން ލެވިފައިވާ ތޮށިގަނޑުގެ ބައެއް ހިސާބުތަކުގައި، ޢާއްމު ޢިޖުތިމާޢީ މިންގަޑުތަކާ ޚިލާފު ކުރެހުންތަކާއި، ގްރެފިޓީތައް ހުރިކަން ވަނީ ފާހަގަ ކުރެވިފައެވެ. މި މަސައްކަތް ނިމޭއިރު މި ހުރިހައި ކުރެހުންތައް ވެސް ނެތިގެންދާނެ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

މޭޔަރ ޢާޒިމް ވަނީ، މާލޭގެ މަގުތަކުގައި ހުންނަ ގަސްބުރިތަކާއި އެކިއެކި ބޯޑުތަކުގެ މަތީގައި ކުނި ބަހައްޓާފައި ހުންނަކަން ފާހަގަކުރައްވާފައެވެ. މި ފަދަ ޢަމަލުތައް ނުކުރެއްވުމަށް މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ކިބައިން  އެދިވަޑައިގަންނަވާފައެވެ.

މާލެ ސިޓީ ކައުންސިލުން މިހާރު ކުރިއަށްގެންދާ، މި މަސައްކަތަކީ މާލޭގެ ޢާންމު މާޙައުލު އިތުރަށް ރީތިކޮށް، މާލޭގައި ސާފުތާހިރު މާޙައުލެއް ޤާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި މަސައްކަތަކީ، މާލެސިޓީ އަކީ ހިތްހަމަ ޖެހޭ އުފާވެރި އަދި ރައްކާތެރި ތަނަކަށް ހެދުމަށއކުރާމަސައްކަތެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު