Saturday, October 31
މީޑިއާ ބިލާ ގުޅިގެން ހުރިހާ ސިޔާސީ ޕާޓީއެއްގެ ބައްދަލުވުމެއް ބޭއްވުން މުހިންމު: ނަޝީދު
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލާ ހުރިހާ ސިޔާސީ ޕާޓީއެއްގެ ބައްދަލުވުމެއް ބޭއްވުން މުހިންމު ކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ނަޝީދު ވިދާޅުވީ، މީޑިއާ ބިލާ ގުޅޭގޮތުން ހުރިހާ ސިޔާސީ ޕާޓީއެއްގެ ބައްދަލުވުމެއް ބޭއްވުން ބޭނުންތެރި ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން އިންތިހާއަށް ބޭނުންތެރި ކަމަށާއި، ހަމަ އެއާއެކު ނޫސްވެރިން ޒިންމާދާރުވުން ވެސް މުހިންމު ކަމުގައި ނަޝީދު ވިދާޅުވިއެވެ. ނަޝީދު މިހެން ވިދާޅުވިއިރު، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާ ބިލާ ގުޅޭގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ކަމާ ގުޅޭ އިދާރާތަކާއި މީޑިއާތަކާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމައިފައެވެ. މިގޮތުން ކޮމިޓީން ވަނީ މި ބިލާ ގުޅިގެން މިއަދު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލާ ވެސް ބައްދަލުކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު