Saturday, October 31
އިސްރަށްވެހިންގެ ނާދީތަކުގައި ޚިދުމަތް ދޭ ފަރާތްތައް ބިނާކުރުމުގެ ތަމްރީން ޕްރޮގްރާމް ނިންމާލައިފި

އަތޮޅުތެރޭގައި އިސްރަށްވެހިންގެ ނާދީތައް ޤާއިމްކޮށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ބިނާކުރުމަށް ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ހަތަރު ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަތޮޅުތެރޭގައި އިސްރަށްވެހިންގެ ނާދީތައް ޤާއިމްކޮށް ޚިދުމަތް ފޯރުކޮށްދޭއިރު، ރަށުގައި ޤާއިމްކުރެވިފައިވާ މުއައްސަސާތަކާ ގުޅިގެން ޚިދުމަތް ފޯރުކޮށްދޭނެ ގޮތާއި، ރާވައިގެން އިސްރަށްވެހިންގެ ނާދީތަކުގައި ޚާއްޞަ ހަރަކާތްތައް ހިންގާނެ ގޮތާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް ބައިވެރިންނަށް ވަނީ ފޯރުކޮށްދީފައެވެ.

މީގެ އިތުރުން، މި ތަމްރީން ޕްރޮގްރާމުގައި ވަނީ ނާދީއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ރެކޯޑު ބެލެހެއްޓުމާއި، ނާދީގައި ހިންގާ ހަރަކާތްތަކާ ގުޅޭ ރިޕޯޓުތައް އެކުލަވާލާނެގޮތްތަކުގެ އިތުރުން، އިދާރީ ހިންގުން ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމަށް ވެސް އަލިއަޅުވާލާފައެވެ.

މި ޕްރޮގްރާމަކީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމެކެވެ. ނާދީތައް ބިނާކުރުމާއި ޚިދުމަތް ފޯރުކޮށްދިނުމުގެ ތަމްރީން ޕްރޮގްރާމުގެ ފުރަތަމަ ބެޗުގައި ހަތަރު އަތޮޅަކުން ވަނީ ބައިވެރިވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު