Saturday, October 31
ފުވައްމުލަކުގެ އިރުން 10 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި

30 އޯގަސްޓް 2025 ވަނަ ދުވަހު ފުވައްމުލައް ސިޓީގެ އިރުން 10 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިއެވެ.

މި ވަދު ކަނދުފަތީގެ ނަންބަރަކީ Q10V01-01 އެވެ. މި ވަދު ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ:

0°16.100'S

73°36.000'E

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ވަދު ކަނދުފަތި ޤާއިމްކުރުމުގެ މައިގަނޑު މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރުވައި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމެވެ. ފުވައްމުލައް ސިޓީގެ މަސްވެރިންނަށް އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވާ ޒުވާން މަސްވެރިންނާއި މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަމުގައި ޝާމިލްވާ ފަރާތްތަކަށް، ފާހަގަކުރެވޭ ފަދަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

ވަދު ކަނދުފަތި ޤާއިމްކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ތެރެއިން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު