Monday, November 2
ތިމާވެށި ރައްކާތެރިކުރުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ފީޖީއާއެކު މަޝްވަރާކޮށްފި

އޭޝިއާ-ޕެސިފިކްގެ ތިމާވެއްޓާބެހޭ ވަޒީރުންނާއި އިދާރާތަކުގެ ހަވަނަ ފޯރަމްގެ ތެރެއިން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް، ފިޖީގެ ތިމާވެށްޓާއި މޫސުމީ ބަދަލުތަކާ ބެހޭ ވަޒީރު، މާތްމަޢުސޫމް މޮސެސީ ބުލިތާވޫއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ތިމާވެށި ރައްކާތެރިކުރުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. ޚާއްސަ ގޮތެއްގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ މިފަދަ މައްސަލަތަކަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.

އޭޝިއާ-ޕެސިފިކްގެ ތިމާވެށްޓާބެހޭ ވަޒީރުންނާއި އިދާރާތަކުގެ ހަވަނަ ފޯރަމަކީ، މި ސަރަޙައްދުގެ ޤައުމުތަކަށް ތިމާވެށީގެ ގޮތުން ދިމާވާ ގޮންޖެހުންތަކާއި އެކަންކަމަށް ހައްލު ހޯދުމަށް މަޝްވަރާކުރުމަށް ބޭއްވޭ މުހިންމު ބައްދަލުވުމެކެވެ. މިފަދަ ފޯރަމްތަކުން ލިބޭ ފުރުސަތުތަކުގެ ބޭނުންކޮށްގެން، ދިވެހިރާއްޖެ ފަދަ ޤައުމުތަކުން ދުނިޔޭގެ ފެންވަރުގައި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބައިވެރިވެ، ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު