Monday, November 2
ހއ އިން ބ އަތޮޅަށް ވައިގަދަވެ ކަނޑު ގަދަވާނެތީ ސަމާލުވާން އެދެފި

މި ދެ ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަަކަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައެވެ. އެއީ މިއަދު ހެނދުނު 13:00 އިން ފެށިގެން މެންދުރު ފަހު 19:00 ހާހަމައަށްށެވެ.އެއީ ހއ އިން ބ އަތޮޅަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާގެ ރިކޯޑުތަކުން ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ކ. ދިއްފުއްޓަށްށެވެ. އެގޮތުން ދިއްފުއްޓަށް 10.9 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކުގައި އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު