"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫޢުގެ ދަށުން ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ފަށައިފިއެވެ.
މިއީ ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެށުނު 9 ވަނަ އަތޮޅެވެ.
މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްއިން މިދިޔަ އަހަރު ނޮވެންބަރު މަހު ފެށި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢުގެ ދަށުން ގިނަ އަތޮޅުތަކެއްގައި މި ޚިދުމަތް މިހާތަނަށް ވަނީ ޤާއިމްކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީގެ ހުރިހާ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގައި އޭޓީއެމް ޚިދުމަތް މިހާތަނަށް ފެށިފައި ނުވާ ރަށްރަށުގައި އެ ޚިދުމަތް ވަނީ ފަށްޓަވައިދެއްވާފައެވެ.
އެގޮތުން ހދ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށުގެ ތެރެއިން މި ޚިދުމަތް ފެށިފައި ނުވާ ނުވަތަ ޒަމާނީ އޭޓީއެމް ޚިދުމަތެއް ފޯރުކޮށްދޭން ފެށިފައި ނުވާ 10 ރަށުގައި މި ޚިދުމަތް އެ މަނިކުފާނު ވަނީ ފަށްޓަވައިދެއްވާފައެވެ. މިރަށްރަށުގައި އޭޓީއެމް ޚިދުމަތް ފެށުމާއެކު ހދ. އަތޮޅު ހިމެނޭހެން ބޮޑު ތިލަދުންމަތީގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް މިވަނީ ފެށިފައެވެ. މީގެއިތުރުން ނޮޅިވަރަންފަރުގައި ބީއެމްއެލް ބްރާންޗެއް ޤާއިމްކޮށް ޚިދުމަތް ދޭންވަނީ ފަށާފައެވެ.
މި ލިޔުން ކިޔާލުމުން