Saturday, October 31
2،000 އަށްވުރެ ގިނަ ފުލެޓު އެއްބަސްވުމުގައި ސޮއިކޮށްފި

ގެދޮރުވެރިޔާ މަޝްރޫޢުގެ ދަށުން މިހާތަނަށް 2،000 ފުލެޓު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.

މިގޮތުން އެފްޑީސީން ބުނީ މިއީ ފަޚުރުވެރި ކާމިޔާބީއެއް ކަމަށާއި، ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެފްޑީސީއިން ތަރައްޤީކުރި 4000 ސޯޝަލް ހައުސިންގ ޔުނިޓު މަޝްރޫއުގެ 2،000 އަށް ވުރެ ގިނަ އެއްބަސްވުމުގައި 24 ދުވަހުގެ ތެރޭގައި ސޮއިކުރެވިފައިވާ ކަމަށެވެ.

އެފްޑީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ވީއެންމެ އަވަސް މުުއްދަތެއްގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވުނު ފަރާތްތަކާ ޔުނިޓުތައް ހަވާލުކުރުން ކަމަށެވެ.

މި ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 21ވަނަ ދުވަހެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު