Saturday, October 31
ބެންޒޮއިކް އެސިޑް ހިމެނޭ މިންވަރު އިތުރުވުމާ ގުޅިގެން ޑރ. ޕެޕާ ވިއްކުން މަނާކޮށްފި

ބެންޒޮއިކް އެސިޑް ހިމެނޭ މިންވަރު އިތުރުވުމާ ގުޅިގެން މަޝްހޫރު "ސޮފްޓް ޑްރިންކް" ޑރ. ޕެޕާ ވިއްކުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގައި އުފައްދާފައިވާ ބުއިމެއް ކަމަށްވާ ޑރ. ޕެޕާގައި ހުންނަންޖެހޭ މިންވަރަށް ވުރެ ބެންޒޮއިކް އެސިޑް އިތުރުވުމުގެ ސަބަބުން މި އުފެއްދުން ބާޒާރުން ނެގުމަށާއި، ނުވިއްކުމަށް އަދި ނައްތާލުމަށް އަންގާފައިވާ ކަމަށެވެ.

އެމްއެފްޑީއޭ އިން ބުނީ މި އުފެއްދުން ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މަޢުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް މެދުވެރިކޮށް އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި އުފެއްދުން ރާއްޖެއަށް އެތެރެ ނުކުރުމަށާއި ނުވިއްކުމަށް އަދި ބޭނުން ނުކުރުމަށް އެމްއެފްޑީއޭ އިން ވަނީ އަންގައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު