ރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ރަސްމީކޮށް ކިޔާ ނަންތައް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔާ ގޮތް ކަނޑައެޅުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކުރި އިޢުލާން ބާޠިލްކޮށްފިއެވެ.
ޑީޖޭއޭ އިން ވަނީ ރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ރަސްމީކޮށް ކިޔާ ނަންތައް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔުމުގައި ސްޓޭންޑަރޑައިޒް ކުރުމުގެ ބޭނުމުގައި، ކޯޓުތަކުގެ ނަންތައް ލިޔެފައި ހުންނަންވާނެ ގޮތް ބަޔާންކޮށް އޮގަސްޓު 21 ވަނަ ދުވަހު އިޢުލާނެއް ނެރެފައެވެ. ނަމަވެސް އިއްޔެ ޑީޖޭއޭ އިން ވަނީ އެ އިޢުލާން ބާޠިލްކޮށްފައެވެ. އިޢުލާން ބާޠިލްކުރި ސަބަބެއް ޑީޖޭއޭ އިން ހާމަކޮށްފައެއް ނުވެއެވެ.
ޑީޖޭއޭ އިން ބުރާސްފަތި ދުވަހު ކުރި އިޢުލާނުގައި ރާއްޖޭގެ 187 މެޖިސްޓްރޭޓް ކޯޓަކަށް ކިޔާ ނަން ދިވެހިންނާއި އިނގިރޭސިން ލިޔާނެ ގޮތް ކަނޑައަޅާފައިވެއެވެ.
މި ލިޔުން ކިޔާލުމުން