މޫސުން ގޯސްވުމުގެ ސަބަބުން އައްޑޫ ސިޓީއަށް ރީނދޫ ސަމާލު ނެރެފިއެވެ.
މިގޮތުން މެޓް އޮފީހުން އައްޑޫއަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު 07:45 އިން 10:45 އަށެވެ. އެ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި މި ވަގުތުތަކުގައި އައްޑޫ ސިޓީއަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ.
މީގެ އިތުރުން ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދު 06:50 އިން 12:00 އަށް ތ. އަތޮޅުން ފެށިގެން އައްޑޫއާ ހަމައަށް ހުދު ސަމާލުވެސް ނެރެފައެވެ.
މިއަދު 10:00 އާ ހަމައަށް ރާއްޖޭގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށާއި، ހުޅަނގާއި، ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 2-4 ފޫޓު ހުންނާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން