Saturday, October 31
ބީިއެމްއެލް ބޭންކް ފަންޑުގެ އެހީގައި ވޭމަންޑޫ ސްކޫލްގައި ސެން ކުލާހެއް ހުޅުވައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "ބޭންކް ފަންޑް" ގެ އެހީތެރިކަމާއެކު ތ. ވޭމަންޑޫ ސްކޫލްގައި ސެން ކުލާހެއް ހުޅުވައިފިއެވެ. މި ސެން ކުލާސް ޤާއިމްކޮށްފައިވަނީ، ޖަމުޢިއްޔާތައް ބާރުވެރިކުރުމަށާއި ޖަމުޢިއްޔާތަކުން ހިންގާ ދެމެހެއްޓެނެވި މަޝްރޫއުތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލް އިން މިދިޔަ އަހަރު ތައާރަފްކުރި މި ފަންޑު ލިބުނު ފަރާތެއް ކަމަށްވާ ވޭމްނޑޫ ޒުވާނުންގެ ގުޅުމުންނެވެ. ބީއެމްއެލް އިން ހާމަކޮށްފައިވާ ގޮތުގައި ބޭންކް ފަންޑުގެ އެހީއާއެކު، އެ ޖަމުޢިއްޔާއިން ވަނީ ކުލާސްރޫމްގެ އިމާރާތްކުރުމާއި ފިނިޝިންގ މަސައްކަތްތައް ނިންމައިފައެވެ. މި ކުލާސް ވެގެންދާނީ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ފައިން އަދި ގްރޮސް މޮޓީ ސްކިލްސް ރަނގަޅު ކުރުމަށް އެހީތެރިވެދޭނެ ތަނަކަށެވެ. ބީއެމްއެލް އިން ބުނީ ކެއްކުމާއި ފެހުން ފަދަ ދިރިއުޅުމުގައި ބޭނުންވާ ހުނަރުތައް ދަސްކޮށްދޭ ކުލާސްތައް ހިންގުން ފަދަ ހަރަކާތްތައް ސެން ކުލާހުގައި ފުޅާކުރުމަށް ވޭމަންޑޫ ސްކޫލުން ރާވަމުން ގެންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު