Saturday, October 31
ކުޑަހުވަދޫ ސަރަޙައްދުގައި ވަދު ކަނދުފައްޗެއް ޤާއިމްކޮށްފި

ދ. ކުޑަހުވަދޫ ސަރަޙައްދުގައި، ދ. މާފުށީގެ ހުޅަނގު ދެކުނުން 6 ނޯޓިކަލް މޭލު ބޭރުގައި މިއަދު ވަދު ކަނދުފަތި ޤާއިމްކޮށްފިފައެވެ.

މި ވަދު ކަނދުފަތީގެ ނަންބަރަކީ K08V03 އެވެ. މި ވަދު ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ:

02°36.000'N

72°49.000'E

މި ކަނދުފަތީގެ ސަބަބުން އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ޕްރޮފެޝަނަލް މަސްވެރިންނާއި މަސްވެރިކަމުގެ މުނިފޫހިފިލުވުމުގެ ޙަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް ވެސް ހިތްހަމަޖެހުމާއި މަންފާއެއް ލިބިގެންދާނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.

އެ ވުޒާރާއިން ބުނީ މިއީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިކަން އިތުރަށް ތަރައްޤީކޮށް، މަސްވެރިންގެ ދިރިއުޅުން ރަނގަޅު ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު