Friday, November 13
ގައްދޫއިން ބީލަމުގެ އުޞޫލުން ބިން ވިއްކަނީ

ގދ. ގައްދޫއިން ބީލަމުގެ އުޞޫލުން ބިން ވިއްކުމަށް ނިންމައިފިއެވެ.

ގައްދޫ ކައުންސިލްގެ އިދާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ގައްދޫ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބީލަމުގެ އުޞޫލުން ވިއްކުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތެރެއިން ޒޯން A ގައި ހިމެނޭ 2 ބިމެއް ބީލަން އުޞޫލުން ވިއްކުމަށް ހުޅުވާލާފައިވާ ކަމަށެވެ.

މިގޮތުން ކައުންސިލުން ވިއްކުމަށް ނިންމާފައިވަނީ 700 އަކަފޫޓުގެ ބިމަކާއި، 1،672.50 އަކަފޫޓުގެ ބިމެކެވެ. ކައުންސިލުން ބުނީ ބީލަން އުޞޫލުން ބިން ވިއްކުމަށް ކަނޑައެޑިފައިވާ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 50ރ. ކަމަށެވެ.

ގައްދޫ ކައުންސިލުން ވަނީ މި ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ސެޕްޓެންބަރު 4 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލައިފައެވެ. ބިޑް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 500ރ. ގެ ނޮން ރިފަންޑަބަލް ފީއެއް ދައްކަން ޖެހޭނެއެވެ.

އަދި ބިޑް ހުށަހެޅުން އޮންނާނީ ސެޕްޓެންބަރު 11 ވަނަ ދުވަހުގެ 13:00 ގައި ކަމަށްވެސް ކައުންސިލުން ބުނެއެވެ. ކައުންސިލުން ބުނީ ބިޑް ހުށަހެޅުމުގެ 1 ގަޑީއިރުކުރިން ބިޑް ސެކިއުރިޓީގެ ގޮތުގެ ބިޑް ހުށަހަޅާ ޖުމްލަ އަގުގެ ‎20%‎ އަށްވާ ފައިސާ ކައުންސިލް އިދާއަށް ދައްކަންވާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު