Wednesday, November 4
މަސްމާރުކޭޓުގެ އިމާރާތުގައި ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތް ފަަށައިފި

މާލޭ މަސް މާރުކޭޓުގެ އިމާރާތުގައި ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހިންގާކަން އެނގިފައިވާ ކަމަށް ބުނެ އެ ވިޔަފާރި ހުއްޓުވުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.

ސިޓީ ކައުންސިލުން  ކުރި އިއުލާނެއްގައި ބުނީ މާލޭ ރޯމަސް މާރުކޭޓުގެ ފުރަތަމަ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާގައި އެއްވެސް އެއްބަސްވުމެއް ނެތި، ގަވާއިދާ ހިލާފަށް ހިންގަމުންދާ ބައެއް ފިހާރަތަކާއި ގުދަންތަކާއި އެހެނިހެން ބޭނުމަށް ބޭނުން ކުރަމުންދާ ތަންތަން ހުރިކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ ތަންތަނުގެ ތެރެއިން، ކައުންސިލްގެ އެންގުން މިހާރު ހިއްޕާފައިވާ ތަންތަން ހިންގާ ފަރާތްތަކުން އެ ތަންތަން ހިންގަނީ ނުވަތަ ބޭނުންކުރަނީ އެއްބަސްވުމެއްގެ ދަށުން ކަމަށްވާ ނަމަ، އެ އެއްބަސްވުން މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލަށް ލިޔުމަކާ އެކު ހުށަހަޅަން އެ އިއުލާނުގައި ވަނީ އެދިފައެވެ.

'"މި ބަޔާން ކުރެވުނު 7 ދުވަހުގެ ތެރޭގައި މި ކައުންސިލަށް އެކަން ބަޔާންކޮށް ހުށަހަޅާފައި ނުވާނަމަ މި ފަދަ ތަންތަނަކީ ( ފިހާރަ ގުދަން ފަދަ) އެއްވެސް މީހަކު ބޭނުން ނުކުރާ ތަންތަން ކަމުގައި ބަލައި މި ފަދަ ތަންތަން މި ކައުންސިލްގެ ބެލުމުގެ ދަށަށް ގެންނާނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ. އަދި މި ގޮތުން ކައުންސިލްގެ ބެލުމުގެ ދަށަށް ގެންނަ ފިހާރަތަކާއި ގުދަންތަކާއި އެހެނިހެން ތަންތަން ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެސް އެފަދަ ތަންތަން ސާފު ކުރުމުގެ މަސައްކަތް ކުރާ އިރު އެފަދަ ތަންތަނުގައި ބަހައްޓާފައި ހުންނަ ތަކެއްޗަކީ ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމުގައި ބަލައިގެން އެފަދަ ތަކެތި ކުނީގެ ގޮތުގައި ނައްތާލާނެ ވަހަކަ ދެންނެވީމެވެ"' އިއުލާނުގައިިވެއެވެ.

ސިޓީ ކައުންސިލުން ބުނީ އެ މުއްދަތުގެ ތެރޭގައި ލިޔުން ހުށަނާޅައިފި ނަމަ، އެ ތަންތަނަކީ އެއްވެސް މީހަކު ބޭނުން ނުކުރާ ތަންތަން ކަމަށް ބަލައި، ކައުންސިލްގެ ބެލުމުގެ ދަށަށް ނަގާނެ ކަމަށެެވެ. ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދާ ފިހާރަތަކާއި ގުދަންތަކާއި އެހެނިހެން ތަންތަން ސާފުކުރުމުގެ މަސައްކަތް ކުރާ އިރު އެ ތަނެއްގައި ބަހައްޓާފައި ހުރި ތަކެއްޗަކީ ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމަށް ބަލައި، ކުނީގެ ގޮތުގައި އެ ތަކެތި ނައްތާލާނެ ކަމަށް ވެސް އިއުލާނުގައި ވެއެވެ.

މަސް މާރުކޭޓުގައި ގަވާއިދާ ހިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވަން ސިޓީ ކައުންސިލުން ނިންމިއިރު، އެ މާރުކޭޓު ތަރައްގީކުރުމުގެ މަޝްރޫއާއި ގުޅޭ މައްސަލަ މިހާރުވަނީ އޭސީސީ އަށް ހުށަހަޅާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު