އާދިއްތަ, November 1
ރަށްރަށުގައި ގެސްޓްހައުސް ހިންގަންވީ އިސްލާމްދީން ހުއްދަކުރާ އުސޫލަށް!

ލޯކަލް ޓުއަރިޒަމް ކުރިއަށްގެންދާ ހުރިހާ ރަށްތަކަކުންވެސް މި މަސައްކަތުގައި ކުރިއަރާ ދާންވީ، އިސްލާމްދީން ހުއްދަކުރާ ގޮތަށް އާއިލާއާއި ކުޑަކުދިން އުޅޭ ފަސްގަނޑުކަން ދެނަގެން ހަނދާންކޮށް އެކަމަށް ރައިސުލްޖުމްހޫރިއްޔާ ނަސޭޙަތްތެރިވެވަޑައިގެންފިއެވެ.

މިހަފްތާގައި އއ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އުކުލަހު ރައްޔިތުންނާ ބައްދަލުކުރެއްވި ވާހަކަފުޅުގައި އުކުޅަހުގެ އިތުރުން މިދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް، ލޯކަލް ޓުއަރިޒަމް ކުރިއަށްގެންދާ ހުރިހާ ރަށްތަކަކުންވެސް މި މަސައްކަތުގައި އިސްލާމީ ހަމަތަކާއި ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކުގެ އިމުގެ ތެރެއިން، ހުއްދަ މިންގަނޑުގެ ތެރޭގައިކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އެކަމަށް ނަޞޭޙަތްތެރިވެވަޑައިގެން، އިލްތިމާސްކުރައްވާފައެވެ.

'" ލޯކަލް ޓޫރިޒަމް އަޅުގަނޑުމެން ކުރިއަށް މިގެންދަނީ އަޅުގަނޑުމެންގެ އާއިލާ އަދި ކުޑަކުދިން އުޅޭ ފަސްގަނޑުގައި. ޤާނޫނާ ގަވާއިދުތައް ހުއްދަދޭގޮތަށް ކަންކުރަންޖެހޭނީ. ރިސޯޓްތަކާ ސަފާރީތަކުގައި ކުރެވޭކަންކަން މިރަށްރަށުގައި ނުކުރެވޭނެ. އިސްލާމްދީން ހުއްދަނުކުރާ ދިމަދިމާއިން އެ މުއްސަނދިކަން ހޯދަން ކުރިއަށްދާން ވިސްނާކަމަށްވަންޏާ އަޅުގަނޑުމެން އަމިއްލައަށް ދަރިންގެ މުސްތަޤްބަލް މި ހަލާކުކޮށްލަނީ"' ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަތޮޅުގެ ރަށްތަކަށް ކުރި ދަތުރުގައި ފާހަގަވި ކަމެއް، އެ ވާހަކަ ދައްކަން ހުއްޓާ އުކުޅަހަށް ފޭބި ތަނާ މި ރަށު ކުޑަކުދިންގެ ފަރާތުން އެ މަނިކުފާނަށް ދިއްކޮށްލީ ސިޓީއެއް ކަމަށެވެ. އެސިޓީގައިވާ މެސެޖް ރައީސް ވަނީ ވިދާޅުވެފައެވެ.

އުކުޅަހުން ރައީސް އަށް ލިބުނު މެސެޖް ބައްލަވާލަނީ

"ކޮއްކޮމެން ބޭނުން ބީޗަށް ދާން. އެކަމަކު ގެސްޓުން އުޅެނީ އައްޗިކޮށް. ބީޗުގައި ވެސް ރެސްޓޯރެންޓުގައި ވެސް މަގުމަތީގައި ވެސް ގެސްޓުން އުޅެނީ އައްޗި ހެދުން ލައިގެން،" ކުޑަކުއްޖާގެ ސިޓީގައި އޮތް އިބާރާތް އިއްވަވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވިގޮތުގައި އެއީ "ވަރަށް ރީތިކޮށް ކުރާހާފައި އޮތް ކުރެހުމަކާ އެއްކޮށް" އެ ކުދިން އެ މަނިކުފާނަށް އެރުވި މެސެޖެކެވެ.

އެ ސިޓީގައިވާ ވާހަކަތަކަށް އިޝާރާތް ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ހިންގާއިރު ވިސްނަން ޖެހޭ ވަރަށް ގިނަ ކަންކަން ހުންނާނެ ކަމަށެވެ.

''މިއީ ރިސޯޓުތަކެއް ނޫން. ރިސޯޓުތަކާއި ސަފާރީތަކުގައި ކުރެވޭ ކަންކަމެއް މި ތަންތާކު ނުކުރެވޭނެ. ގާނޫނުތަކުގެ ތެރެއިން ހަނި ފުރުސަތުތައް ހޯދައިގެން އަޅުގަނޑުމެން ގާނޫނުގެ ތެރެއިން އަދި އިސްލާމް ދީނުގައި ހުއްދަ ނުކުރާ ކަމެއްގެ ތެރެއިން އެ މުއްސަނދިކަން ހޯދަން ދާ ކަމުގެ ވަންޏާ އެއީ އަޅުގަނޑުމެން އަމިއްލަ އަށް މުސްތަގުބަލް ހަލާކު ކުރަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސްއަށް އުކުޅަހުން މަރުހަބާދެންނެވި ކުޑަކުއްޖަކާ ސަލާމް ކުރައްވަނީ

އއ. އަތޮޅުގެ ބައެއް ރަށްރަށަށް ދާ ޓޫރިސްޓުން އުކުޅަހާ މާ ދުރު ނޫން ހިސާބުތަކުގައި އަޅާފައި އޮންނަ ސަފާރީތަކަށް ބަނގުރާ ބުއިމަށް ގެންގޮސް އަނބުރާ ރަށަށް ގެންނަ މައްސަލައަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ އޮޅުވައިލެވެނީ ހެއްދެވި ފަރާތަށް ކަމަށެވެ.

''ލޯކަލް ޓޫރިޒަމް ކުރިއަށް ގެންދާއިރު އަޅުގަނޑުމެންގެ އިންތައް ހިފަހައްޓަންޖެހޭ. އަޅުގަނޑުމެންގެ އަގީދާ، މާތްވެގެންވާ އިސްލާމްދީން ބުނެދޭ ހަމަތަކުގެ މަތިން މުއްސަނދިކަން ހޯދަން މަސައްކަތްކުރީމަ ﷲ ޞުބުޙާނަހޫ ވަތަޢާލާ އެކަމުގައި ބަރަކާތްލައްވާނެ'' ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު