އާދިއްތަ, November 15
މުސްތަޤުބަލު އުޖާލާވާނީ އިސްލާމީ ނިޒާމާ އެއްގޮތަށް އެންމެހައި އަފުރާދުން ފުރިހަމައަށް ބައްޓަންވެގެން: ޚުޠުބާ

މުސްތަޤުބަލު އުޖާލާވާނީ އިސްލާމީ ނިޒާމާ އެއްގޮތަށް އެންމެހައި އަފުރާދުން ފުރިހަމައަށް ބައްޓަންވެގެން ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ޚުޠުބާގެ މައުޟޫޢަކީ "ރަނގަޅު މުޖުތަމަޢެއް ބިނާކުރުން"، މިއެވެ.

މިއަދުގެ ޚުޠުބާގައި ވިދާޅުވީ މިއަދު އިސްލާމީ އުންމަތަށް ހުޅުވިފައިވާ އެންމެ ފަހި ފުރުޞަތަކީ މުސްލިމް ޒުވާނުން އިސްލާމްދީނާއި އިސްލާމީ ޝަރީޢަތާ ގާތްކުރުމަށް ހުޅުވާލެވިފައިވާ ފަހި ފުރުޞަތު ކަމަށާއި، އިސްލާމީ ޝަރީޢަތުގެ ރިވެތިކަމާއި، ފުރިހަމަކަމާ މެދު އެ ޒުވާނުން ހޭލުންތެރިކުރުމުގެ ފުރުޞަތު ކަމަށެވެ.

މީގެ އިތުރުން އިސްލާމީ ޝަރީޢަތުގެ ރިވެތިކަމާއި ފުރިހަމަކަމަށް ބީރައްޓެހިވުމުގެ ސަބަބުން އަހަރެމެންގެ އަޤީދާއާއި އީމާންތެރިކަމުގެ ހަޤީޤީ ރޫހާ ދުރު މަގުތަކަށް ބައެއް ޒުވާނުން ކަސިޔާރުވާ ކަމަށާއި، މި ކަމާމެދު މާޔޫސްވެފައި ތިބުމުގެ ބަދަލުގައި ރިވެތި ގޮތުގައި ނަސޭހަތްތެރިވެ، ޢިލްމާއި ހިކުމަތާއި އޯގާތެރިކަމާއެކު އެ ޒުވާނުންނަށް ހެޔޮމަގަށް މަގުދައްކައިދޭން ޖެހޭ ކަމަށާއި، މިއީ ފަރުދީ ގޮތުން ކޮންމެ މުސްލިމަކު ވެސް އުންމަތަށްޓަކައި އަދާކޮށްދޭން ޖެހޭ ކަމަށާއި، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ހުރީ އިސްލާމީ ޝަރީޢަތާ އެއްގޮތަށް ދިރިއުޅުމުގެ ހުރިހައި ކަމެއް ބައްޓަން ކޮށްގެން ކަމަށެވެ.

މުސްތަޤުބަލު އުޖާލާވާނީ އިސްލާމީ ނިޒާމާ އެއްގޮތަށް އެންމެހައި އަފުރާދުން ފުރިހަމައަށް ބައްޓަންވެގެން ކަމަށާއި، ޅަފަތުގައި އިސްލާމްދީނުގެ ޝިޢާރުތަކާއި ޝަރީޢަތުގެ ފުރިހަމަކަން ދަރީންގެ ހިތްތަކުގައި ބިންވަޅު ނަގައިދީގެން ކަމަށްވެސް ޚުޠުބާގައި ވިދޅާުވިއެވެ.

މިއަދުގެ ޚުޠުބާގައި ވިދާޅުވީ މުސްލިމުން އިސްލާމީ ޝަރީޢަތުގައި ސާބިތުވެ އެއްބައިވަންތަކަންމަތީ ތިބި އިރު، އިސްލާމީ އުންމަތަކީ އާރާއި ބާރުހުރި ޢިއްޒަތްތެރި އުންމަތެއް ކަމަށާއި، މިއަދު މުސްލިމުން ބައިބައިވެ ބާރުނެތި ދުޝްމަނުންގެ ކުރިމަތީގައި ނިކަމެތިވުމުގެ ސަބަބކީ އިސްލާމީ ތަޢުލީމާ ދުރުވެ، އިސްލާމީ ޝަރީޢާތާ ބީރައްޓެހިވުމުން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު