އާދިއްތަ, November 1
ޗެނަލް-13 ގެ ބްރޯޑްކާސްޓިންގ މެދުކަނޑާލުމަށް އަންގައިފި

ޗެނަލް 13 ގެ ބްރޯޑްކާސްޓިންގ މެދުކަނޑާލުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން އަންގައިފިއެވެ.

ބްރޯޑްކިމް އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ނ) ގެ ދަށުން 21 އޮގަސްޓް 2025 ވަނަ ދުވަހުގެ ރޭ 08:00 ން 09:00 އަށް ޗެނަލް-13 ގެ ޕްރޮގްރާމް ޝެޑިއުލް މެދުކަނޑާލުމަށް 11 އޮގަސްޓް 2025 ގައި މީޑިއާ ރިންގ ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާނެ ކަމަށެވެ.

ވީމާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ހުރަސްއަޅާކަމަށް އެ ކޮމިޝަނަށް ފެނިއްޖެ ހިނދެއްގައި، އެ ބްރޯޑްކާސްޓަރަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބްރޯޑްކޮމް އިން ބުނެފައިވެއެވެ.

ބްރޯޑްކޮމް އިން މިގޮތަށް އަންގާފައިވީ ނަމަވެސް، ޗެނަލް 13 އިން ދަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން އިންތިޒާމުކޮށްގެން "ވޭކް އަޕް!" ގެ ނަމުގައި ބާއްވާ ޖަލްސާ ހުއްޓުމެއްނެތި ލައިވްކޮށް ބްރޯޑްކާސްޓްކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު