އާދިއްތަ, November 15
އާރުޑީސީގެ ޗެއަރޕަރސަން ކަމަށް ޝާމީ ޢައްޔަންކޮށްފި
ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑިސީ) ގެ ބޯޑު މެންބަރުކަމަށާއި އަދި ޗެއަރޕާސަންގެ މަޤާމަށް، މ. އެމޭޒަން، މުޙައްމަދު ޝާމީ އާދަމް އައްޔަނުކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑު ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިކަން ހާމަކޮށްފައިވަނީ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މީގެ ކުރިންވެސް އާރުޑީސީގެ ޗެއަރމަންގެ މަޤާމު އަދާކުރެއްވި ޝާމީ އެ މަޤާމުން ވަކިކުރީ މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ. ނަމަވެސް އެއިރު އޭނާ މަޤާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމައެއް ނުކުރެއެވެ. އޭނާ އެ މަޤާމަށް މިއަދު އަލުން ޢައްޔަންކުރެވުމާ ގުޅިގެން އާރުޑީސީން ވެސް ވަނީ މަރުޙަބާ ދަންނަވައިފައެވެ. ޕީސީބީން ވަނީ މި ފަހުން އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރު އެޗްޑީސީ އަށް ބަދަލުކޮށް، އާރުޑީސީގެ އެމްޑީ އަކަށް އިބްރާހީމް ނަޡީމް ޢައްޔަންކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު