މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުހައްމަދު ޖަމްޝީދުއެވެ.
މިގޮތުން ހުރާ ސިއްހީ މަރުކަޒު އަހަރެއްގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވަނީ 27 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. އަދި އދ. ދިއްދޫ ސިއްޙީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 9 މަސްތެރޭގައި ނިންމާގޮތަށް 12 މިލިއަން ރުފިޔާއަށެވެ. ކާށިދޫ ސިއްޙީ މަރުކަޒުގެ މަސައްކަތް 7.1 މިލިއަނަށް 7 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މީގެއިތުރުން ވ. ފުލިދޫގައި އައު ސިއްޙީ މަރުކަޒެއް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ 27 މިލިއަނަށް އަހަރެއްގެ ތެރޭގައި ނިންމާގޮތަށެވެ.އދ. ދިއްދޫ ސިއްހީމަރުކަޒުގައި ޕަބްލިކް ހެލްތު ޔުނިޓް، މަލްޓިޕާޕޮސް ހޯލް، ވޯޑް، ނާސް ސްޓޭޝަން، ލެބޯޓްރީ، ޕްރޮސީޖަރ ރޫމް، ޕްރައިވެޓް ރޫމް އަދި ގަރާޖުގެ އިތުރުން ގުދަން އިތުރުކުރެވިގެންދާނެ. އަދި ޕޯޓިކޯ އާއި ވަށާފާރުވެސް ހިމެނޭނެ.
ކާށިދޫ ޞިއްޙީމަރުކަޒު ގައި އަލަށް ހަދާ ޢިމާރާތުގައި ވޯޑް، ނާސް ސްޓޭޝަން، ލެބޯޓްރީ، ޕްރޮސީޖަރ ރޫމް، ޕްރައިވެޓް ރޫމް އަދި ގަރާޖުގެ އިތުރުން ގުދަން އިތުރުކުރެވިގެންދާނެ. ހަމަމިއާއިއެކު






