Saturday, October 31
2 ރަށެއްގެ ސިއްހީ މަރުކަޒު ހަދަން އާރުޑީސީއާ ހަވާލުކޮށްފި

ދެ ރަށެއްގެ ސިއްޙީ މަރުކަޒުގެ އައު ޢިމާރާތްތަކުގެ މަސައްކަތްކުރުމަށް އާރުޑީސީއާ ހަވާލުކޮށްފިއެވެ. ސިއްޙީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ހއ. މާރަންދޫއާއި ހއ. ބާރަށުގެ ސިއްޙީ މަރުކަޒުގައި އަލަށް ހަދާ ޢިމާރާތްތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރްޑީސީއާއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޝަރީފް އަދި

ރޯޑު ޑެވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ، އިބްރާހިމް ނަޒީމް އެވެ.

މާރަންދޫ އަދި ބާރަށުގެ ސިއްޙީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޮންމެ މަޝްރޫޢަކަށް 11.5 މިލިއަން ރުފިޔާއަށް އަހަރެއްގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

އަތޮޅުތަކުގެ ރަށްތަކުގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ރަށްރަށުގެ ސިއްޙީ މަރުކަޒުތައް އިތުރަށް ތަރައްޤީކުރުމާއި، ވަޞީލަތް ހަމަކުރުމުގެ އިތުރުން އައު ހޮސްޕިޓަލް ތަރައްޤީކުރުމާއި ސިއްހީމަރުކަޒުތައް އަޕްގްރޭޑް މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު