Saturday, October 31
މިއަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގައި ވިހާމަރުވާ ގެ ތަފާސްހިސާބު އާންމުކޮށްފި

މިނިސްޓްރީ އޮފް ހެލްތާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އިން ރާއްޖޭގެ ފުރަތަމަ "ކުއާޓަލީ ވައިޓަލް ސްޓެޓިސްޓިކްސް ބުލެޓިން" ނެރެފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ ބުލެޓިންނަކީ ރާއްޖޭގައި ވިހައިމަރުވާ ތަފާސްހިސާބު އެ އަހަރެއްގެ ތެރޭގައި އާއްމުކުރި ފުރަތަމަ ފަހަރު ކަމަށެވެ. އެ ބުލެޓިން އެކުލަވާލާފައިވަނީ މި އަހަރުގެ ފުރަތަމަ ތިން މަހުގެ ވިހައިމަރުވުމުގެ ތަފާސްހިސާބުގެ މައްޗަށެވެ.

އާޓަލީ ވައިޓަލް ސްޓެޓިސްޓިކްސް ބުލެޓިން ނެރުމަށް ސިއްޙީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ސިއްޙީ ވަޒީރު އަބުދުﷲ ނާޡިމް އިބްރާހީމެވެ.

އެ ބުލެޓިންގައި ހިމެނޭ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަހު ޖުމްލަ 1،435 ކުދިން ވިހާފައިވާއިރު މީގެ ތެރެއިން 1,427 ކުދިންނަކީ އުފަންވީއިރު ދިރިހުރި ކުދިންނެވެ. އޭގެ ތެރޭގައި ހިމެނެނީ 697 އަންހެން ކުދިންނާއި 730 ފިރިހެން ކުދިންނެވެ.

އެ ތަފާސްހިސާބުގައިވަނީ، އަންހެނުން ދަރިން ހޯދާ އުމުރު މަތިވެފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން އަހަރުގެ ފުރަތަމަ ތިން މަހު ދަރިން ހޯދި އަންހެނުންގެ ތެރެއިން އެންމެ ގިނައީ 30 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެނުންނެވެ. އެއީ 444 މީހުންނެވެ.

އެ މުއްދަތުގައި ދަރިން ލިބުނު އެހެން އުމުރުފުރާތަކަށް ބަލާއިރު:

 
  • އުމުރުން 35 އަހަރާއި 39 އަހަރުގެ 296 އަންހެނުން
  • އުމުރުން 25 އަހަރާއި 29 އަހަރުގެ 394 އަންހެނުން
  • އުމުރުން 20 އަހަރާއި 24 އަހަރާ ދެމެދުގެ 205 އަންހެނުން
  • އުމުރުން 40 އަހަރާއި 44 އަހަރުގެ 68 އަންހެނުން
  • އުމުރުން 18 އަހަރާއި 19 އަހަރުގެ 13 އަންހެނުން
  • އުމުރުން 45 އަހަރާއި 49 އަހަރުގެ ހަތަރު އަންހެނުން
މި ތަފާސްހިސާބުތަކުގެ އަލީގައި ސިއްޙީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މުހިއްމު ސިޔާސަތުތަކާއި ސްޓްރެޓެޖީތައް ކަނޑައެޅުމަށް މަގުފަހި ވެގެންދާނެއެވެ. އަދި ސިއްޙީ ޕްރޮގްރާމްތައް ރޭވުމަށާއި ސިއްޙީ ކަންކަން ރަނގަޅު ކުރުމަށް އެޅޭނެ ފިޔަވަޅުތައް ހަރުދަނާކުރުމަށްވެސް އެހީތެރިކަން ލިބިގެންދާނެއެވެ. މި ބްލެޓިންގެ އެހީގައި ޅަފަތުގައި ކުދިން މަރުވާ މިންވަރާއި ވެހެއުމުގެ ތެރޭގައި މައިން މަރުވާ މިންވަރާއި އުފަންވާއިރު ދިރިހުންނާނެކަމަށް ލަފާކުރާ އެވްރެޖް އުމުރުފަދަ އާބާދީއާ ގުޅުން ހުރި މުހިއްމު ތަފާސްހިސާބުތައް ލިބިގެންދާނެއެވެ. މީގެ އިތުރުން މިފަދަ މަޢުލޫމާތުތަކުގެ އެހީގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ރާއްޖެއިން ހާސިލްކުރަމުންދާ މިންވަރު ދެނެގަތުމަށް ފަސޭހަވާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު