Saturday, October 31
ހެލްތު މިނިސްޓްރީގެ ޕީއެސް ގެ މަޤާމަށް ދެވަނަ ދައުރަކަށް ސާމިޔާ އައްޔަންކޮށްފި
މިނިސްޓްރީ އޮފް ހެލްތު ގެ ޕާމަނަންޓް ސެކެޓްރީގެ މަޤާމަށް ދެވަނަ ދައުރަކަށް އައިޝަތު ސާމިޔާ އައްޔަންކޮށްފިއެވެ. މިއަދު ހެލްތު މިނިސްޓްރީގައި މިކަމަށްޓަކައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމް އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އަދި މެމްބަރުން ބައިވެރިވަޑައިގެންނެވިއެވެ. ހެލްތު މިނިސްޓްރީން ވަނީ ޕާމަނަންޓް ސެކްޓްރީ ސާމިޔާ އަށް މަރުހަބާ ދަންނަވާފައެވެ. ހެލްތު މިނިސްޓްރީއަށް ޕީއެސް ގެ މަޤާމަށް މީހަކު ހޯދަން ދެފަހަރަށް އިއުލާންކުރިއެވެ. ސާމިޔާ އަކީ ހެލްތު މިނިސްޓްރީގައި ގިނަދުވަސްވަން ދެން މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު