Saturday, October 31
ޢަބްދުއްރަޙްމާން މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި

އއ. މާޅޮސްގައި ބޮޑެތި ޒަޚަމްތަކެއް ދިނުމުގެ ސަބަބުން ނިޔާވި އއ. މާޅޮސް، އޯކިޑުމާގެ، ޢަބްދުއްރަޙްމާން އާދަމް (65 އ) މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ނަމަވެސް ހައްޔަރުކުރި މީހުންގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ ޢަބްދުއްރަޙްމާން ނިޔާވެފައިވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް އޭނާގެ ވަގުތީ އޮޓޮޕްސީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ.

ޢަބްދުއްރަޙްމާން ނިޔާވެފައިވަނީ މާޅޮސް ގެއެއްގައި ނިދާފައި އޮއްވާ ބަޔަކު އައިސް ބޮޑެތި ޒަޚަމްތަކެއް ދިނުމުގެ ސަބަބުން، ޞިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

އިތުރު ތަހުލީލުތައް ހެދުމަށާއި ޕޯސްޓް މޯޓަމް ހެދުމުގެ އިންތިޒާމްތައް ކުރިއަށް ގެންދިއުމަށް ޢަބްދުއްރަޙްމާންގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ޖުލައި 13 ވަނަ ދުވަހުއެވެ. ޢަބްދުއްރަޙްމާންގެ ހަށިގަނޑު އިންޑިއާގެ ތިރުވަނަންތަޕޫރަމަށް ފޮނުވީ ޖުލައި 21 ވަނަ ދުވަހުއެވެ.

އަދި ޕޯސްޓްމޯޓަމް ހެދުމަށްފަހު ޢަބްދުއްރަޙްމާންގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ޖުލައި 23 ވަނަ ދުވަހު އެވެ. އޭނާގެ ޖަނާޒާ ބާއްވާފައިވަނީ ޖުލައި 24 ވަނަ ދުވަހުގެ މެންދުރު ނަމާދުގެ ފަހުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު