Wednesday, November 4
އުކުޅަހު އުމުރާނީ ތަރައްޤީގެ މުހިންމު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފި

އުކުޅަހުގެ އުމުރާނީ ތަރައްޤީގެ މުހިންމު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ރޭ އުކުޅަހު ރައްޔިތުނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

އުކުޅަހު ދޯނިއެހެލާ ސަރަހައްދު ތަރައްޤީކުރުމުގެ އެއްބަސްވުން

އެގޮތުން ސޮއިކުރެވުނު ފުރަތަމަ އެއްބަސްވުމަކީ އުކުޅަހު ދޯނިއެހެލާ ސަރަހައްދު ތަރައްޤީކުރުމުގެ އެއްބަސްވުމެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑާއެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގް އެންޑް އިންފްރާ ސްޓްރަކްޗަރ، ޑޮކްޓަރ އަބްދުﷲ މުއްތަލިބުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ ޑިސީޕީ (ރޓ) އަޙްމަދު ސަޢުދީ އެވެ.

ސްކޫލްގައި އޮފީސް އިމާރާތެއް ޤާއިމްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުން

މިރަސްމިއްޔާތުގައި އުކުޅަހު ސްކޫލްގައި އޮފީސް އިމާރާތެއް ޤާއިމްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ވެސް ސޮއިކުރެއްވިއެވެ. މި މަސައްކަތް ހަވާލުކުރީ ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާއެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑޮކްޓަރ އިސްމާޢީލް ޝަފީޢުއެވެ. އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ރައްޒާން އެވެ.

އުކުޅަހު ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫޢު

މީގެ އިތުރުން އުކުޅަހު ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫޢު ގައި ވެސް ވަނީ ސޮއިކޮށްފައެވެ. މި އެއެއްބަސްވުން ހަވާލުކުރީ މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑާއެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން، އަބްދުﷲ ރާފިޢުއެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ޝަރީފުއެވެ.

ރައީސް ވިދާޅުވީ މި އެއްބަސްވުންތަކުގައި ސޮއިކުރެވުނު މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފަށާ ހަލުވިކޮށް މަސައްކަތް ނިންމާނެކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު