ތޮއްޑޫއަށް ޚާއްޞަ ސީޕްލޭން ޕްލެޓްފޯމެއް ހަދާ އަންނަ ފެބުރުއަރީ މަހުން ފެށިގެން ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ މިއަދު ތޮއްޑޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ތައްޑޫއަކީ ދަނޑުވެރިކަމާއި ޓޫރިޒަމްގެ ދާއިރާއިން ކުރިއަރާފައިވާ ރަށެއްކަން ފާހަގަކުރައްވާ، ރަށުގެ އިގްތިޞާދީ ތަރައްޤީއަށް އިތުރަށް ސަރުކާރުން ކަންކަން ފަހިކޮށްދެއްވުމުގެ ގޮތުން ތޮއްޑޫއަށް ޚާއްޞަ ސީ ޕްލޭން ޕްލެޓްފޯމެއް ޤާއިމްކޮށްދީ އަންނަ އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން ޝެޑިއުލް ސީޕްލޭން ދަތުރު ތޮއްޑޫއަށް ފަށާނެކަން ރައީސުލްމުޖްހޫރިއްޔާ މިއަދު ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ، މާޅޮހުގައި ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭ.ޓީ.އެމް ޚިދުމަތާއި ތޮއްޑޫ ބީއެމްއެލް ބްރާންޗްގެ ބިންގާއަޅާފައެވެ. މީގެ އިތުން މިއަދު ވަނީ ތޮއްޑޫ ގައި އަޅާ ފުލުހުންގެ އިދާރާގެ ބިންގާ އެޅުމާއި ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ ވެސް އަޅާފައެވެ.
މިއަދުގެ ބައްދަލުވުމުގައި ތޮއްޑޫ ސްކޫލްގެ ޢުމްރާނީ ވަސީލަތް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރުމާއި ތޮއްޑޫ ދެކުނުފަރާތުގައި ފާލަން ތަރައްޤީކުރުމުގެ އެއްބަސްވުމުގެ އިތުރުން ތޮއްޑޫ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފަށާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަޝްރޫޢުތަކުގެ މަސައްކަތް ވަރަށް އިސްކަންދެއްވައިގެން ހަލުވިކަމާއި އެކު ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މި ލިޔުން ކިޔާލުމުން