Wednesday, November 4
ތޮއްޑޫ ކައުންސިލުން އެދުނީ ސީޕްލޭން ޓާމިނަލް އެއް ހެދުމަށް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ތޮއްޑޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ޓާރމިނަލްއަކައެކު ސީ ޕްލޭންގެ ޚިދުމަތް ފަށަން ބޭނުންވާކަމަށާއި، އިތުރުވަމުންދާ އާބާދީއަށާއި އަދި ފަތުރުވެރިކަން ފުޅާވަމުންދިއުމާއެކު މިހާރު ހުރި ހެލްތް ސެންޓަރ ހޮސްޕިޓަލެއްގެ ދަރަޖަ ދެއްވައި އެފެންވަރަށް ތަރައްޤީކޮށްދެއްވުމަށްވެސް އެބޭފުޅުން އެދިވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި ސްކޫލުގެ ފަރާތުން ވަނީ، ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވާ، ސައިންސް ލެބެއްނެތުމުން ދީމާވާ ދަތިތައް ހިއްސާކުރައްވާފައެވެ. އަދި ރާއްޖޭގައި ވޭޕް މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ސަރުކާރުން ކުރެއްވި މަސައްކަތައް ޝުކުރުއަދާކުރައްވާ ފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު